އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫންއިން ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 2107 މީހަކަށް

5 years ago

ކުޑަހުވަދޫ އޮންލައިން

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން  އާއްމުކޮށްފައި ވާއިރު، ރިޔާސީ އިންތިހާބުގައި ކުޑަހުވަދޫއިން ވޯޓް ލުމުގެ ހައްޤު ލިބިފައިވާކަމަށް ދައްކަނީ 2107 މީހަކަށެވެ.


މިއީ 2013 ވަނަ އަހަރު ކުޑަހުވަދޫއިން ވޯޓްލުމުގެ ހައްޤު ލިބުނު 1761 މީހުންނަށްވުރެ 346 މީހުން އިތުރު އަދަދެކެވެ. އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓަށް ބަލާއިރު ރިޔާސީ އިންތިހާބުގައި މުޅި ރާއްޖެއިން ވޯޓްލުމުގެ ހައްޤު 263000 މީހަކަށް ލިބެއެވެ.


އިލެކްޝަން ކޮމިޝަނުން ވޯޓާސް ލިސްޓް އާއްމުކޮށްފައިވާއިރު، އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ރަށްވެހިވެފައިވާ ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ވެސް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.


ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

ޑޭޓް

ވޯޓްލާ ތާރީހަކީ 23 ސެޕްޓެމްބަރ 2018

5 years ago