
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
4 ޖެނުވަރީ 2017 ވީ އަނގާރަދުވަހު ދ. ކުޑަހުވަދޫ، ނާރެހި ޑޮކްޓާރ ފާތިމަތު އޫޝާ ޗައިނާގެ ޑަލިއަން މެޑިކަލް ތުނިވާސިޓީ އިން އެމްބީބީއެސް ހާސިލް ކޮއްފިއެވެ. ގުރޭޑު 1 ކުން 7 ކަށް ދ.އަތޮޅު ތަޢުލީމީ މަރުކަޒުން ތައުލީމު ހޯދައިފައިވާ މި ދަރިވަރަު (އިނޑެކްސް:926) ވަނީ، ތަނަވަސްކަން ލިބުނުކަމުގައިވިޔަސް ހިއްވަރާއި ބުރަ މަސައްކަތުން މެނުވީ ކާމިޔާބު ހާސިލް ނުކުރެވޭނެކަން ސާބިތު ކޮށްދީފައެވެ. އަދި ކާމިޔާބީ އަށް ވާސިލް ވުމުގައި މައިންބަފައިންގެ ތަރުބިއްޔަތާއި އަޙްލާޤްގެ މުހިންމުކަން ވެސް ވަނީ ސާބިތު ކޮށްދީ ފައެވެ.
އެންމެ ކުޑައިރުންސުރެއް ދެކެމުންދިޔަ ހުވަފެންތަށް ހަގީގަތަކަށް ހެދުމަށް އާއިލާއާއި ދުރު ޗައިނާގައި ޑރ.އޫޝާ ކުރި ބުރަ މަސައްކަތް މިއަދު ކުޑަހުވަދޫ ފަހުރުވެރިވެ، އިބްރަތް ހާސިލް ކުރަން އެބަޖެހެވެ.
ދ.ކުޑަހުވަދޫއައް ނިސްބަތްވާ ރައްޔިތުން މިއަދުވެސް ރަށާއި ޤައުމު ހިންގުމުގެ ދާއިރާގަޔާއި، ކުޑަހުވަދޫ ރައްޔިތުން ފަޚުރުވެރިވާފަދަ މަޤާމް ތަކުގައި މިއަދުވެސް މަސައަކަތް ކުރަމުން އެބަ ދެއެވެ. މީގެ އިތުރުން ވެސް ޑޮކްޓަރު ކަމާއި ޕައިލެޓު ކަމާއި މިނޫން ވެސް ހިޔާލީމަންޒަރުތަށް ކުރަހަމުންދާ ދަރިވަރުން އެކަން
ކުރަހަމުންދާ ދަރިވަރުން އެކަން ހަޤީގަތަކަށް ހެދުމަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ގަދައަޅައި
ކިޔަވަމުން އެބަ ދެއެވެ.
ވީމާ، ކުޑަހުވަދޫގެ ކިޔަވާކުދިންނާއި،ޒުވާނުން މިފަދަ ކަން ކަމުން ހިތްވަރު ލިބިގަނެ އިބުރަތް ހޯދައި މުސްތަޤް ބަލުގައި ރަށާއި، ޤައުމަށް ޚިދުމަތް ކުރުމަށް އަތުކުރި އޮޅާލަމާތޯއެވެ.
ނަހުޒާ
މަރުޚަބާ ޑރ. އޫޝާ
5 years ago