އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫ އެއާޕޯޓަށް ފުރަތަމަ ފްލައިޓް މިއަދު ޖައްސައިފި

6 years ago

އާދަމް ޙަނީފް

ދ. ކުޑަހުވަދޫގައި ގާއިމްކުރި އެއާޕޯޓަށް ފުރަތަމަ ފްލައިޓް މިއަދު ޖައްސައިފިއެވެ.


"ދާލު އެއާޕޯޓް"ގެ ނަމުގައި އަލަށް ހެދި އެއާޕޯޓަށް ދިޔަ ފުރަތަމަ ފްލައިޓްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވެސް ވަޑައިގެންނެވި އެވެ. މޯލްޑިވިއަންގެ ފުލައިޓް މިއަދު ހެނދުނު ޖެއްސިއިރު، ފުލައިޓުން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ކުޑަހުވަދޫގެ ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވެފައި ތިއްބެވެ.


މޯލްޑިވިއަންގެ މަތިންދާބޯޓު ދާލު އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނު 9:27ގަ އެވެ. 30 މީޓަރު ފުޅާ، 1،800 މީޓަރު

ދިގު ރަންވޭއެއް އޮންނަ އެއާޕޯޓްގެ ރަންވޭ ޖެޓު ޖެއްސޭނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. އެއްފަހަރާ 42 ބޯޓު އެ އެއާޕޯޓްގައި ޕާކްކުރެވޭނެއެވެ. ކުޑަހުވަދޫ އެއާޕޯޓް ހުޅުވުމުން ރާއްޖޭގައި ގާއިމްކޮށްފައިވާ އެއާޕޯޓްތަކުގެ އަދަދު 12 އަށް އަރާނެވެ.


ދާލު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ނިންމައިފި އެވެ.

ކިޔުންތެރިންގެ ހިޔާލު

މަ

އެހެން ތަ؟

6 years ago