ދާލު އެއާޕޯޓަށް ޕްރޫވިން ފްލައިޓް މާދަމާ ޖައްސަނީ

8 months ago

އާދަމް ޙަނީފް

ދ. ކުޑަހުވަދޫގައި ހަދާ އެއާޕޯޓަށް ފުރަތަމަ ޕްރޫވިން ފްލައިޓް މާދަމާ، ބުރާސްފަތި ދުވަހު ޖައްސާނެ ކަމަށް ދާލު އެއާޕޯޓްސް އިން ބުނެފި އެވެ.


ޕްރޫވިން ފްލައިޓް ޖެއްސުމަށް މޯލްޑިސް ސިވިލް އޭވިއާޝަން އޮތޯރިޓީން ހުއްދަ ދީފައިވަނީ އިއްޔެގެ ވަގުތެއް ގައިއެވެ. ޕްރޫވިން ފްލައިޓްގެ ދަތުރު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ކުރަމުންނެވެ. މިހާރު ހަމަޖެހިފައިވާގޮތުން ދާލު އެއަރޕޯޓްގައި ޖައްސާ ފުރަތަމަ ފުލައިޓް މާދަމާ ހެނދުނުގެ ވަގުތެއްގައި ޖައްސާނެ އެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި ޕްރޫވިން ފްލައިޓްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އައިލެންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުން ތަކުގައި ބޭނުންކުރާ ފްލައިޓެކެވެ. ޕްރޫވިން ފްލައިޓްގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި، އައިލެންޑް އޭވިއޭޝަނުން ބަލަންޖެހޭ ކަންތައްތައް ބަލައިފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އެއަރޕޯޓަށް ރަސްމީކޮށް ދަތުރުތައް ފެށުމުގެ ކުރިން ރަންވޭ ޓެސްޓްކުރުމަށް ބާއްވާ ދަތުރުތައް ފެށުމަށް ހުއްދަ ދިނުމާމެދު ސިވިލްއޭވިއޭޝަން އޮތޯރިޓީން ގޮތެއް ނިއްމާނީ މި ދަތުރަށްފަހުގައެވެ.


ދާލު އެއަރޕޯޓަކީ 30 މީޓަރު ފުޅާ، 1800 މީޓަރު ދިގުމިނުގެ ރަންވޭއަކާއެކު ހަދާ އެއަރޕޯޓެކެވެ. ޒަމާނީ ވަސީލައްތަކާއި އެކު ފައްކާ

ކޮށްފައިވާ މި އެއާޕޯޓް ހުޅުވުމަކީ ކުޑަހުވަދޫ އަދި ދާލު އަތޮޅުގެ ރައްޔިތުންނަށް ލިބޭ ވަރަން ބޮޑު ފަސޭހަކެވެ. 

 

މާދަމާ އަކީ ކުޑަހުވަދު ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހިގެން ދާނޭ ދުވަހުކެވެ.ކިޔުންތެރިންގެ ހިޔާލު