ކައުންސިލް އިންތިހާބުގައި ކުޑަހުވަދޫ ބަހައްޓަނީ 3 ވޯޓްފޮށި

9 months ago

އާދަމް ޙަނީފް

މިމަހު 6 ވަނަ ދުވަހު ބާއްވާ ލޯކައުންސިލް އިންތިހާބުގައި ވޯޓްލުމަށް ކުޑަހުވަދޫގައި 3 ވޯޓް ފޮއްޓެއް ބަހައްޓަ އެވެ.


މިފަހަރު ވޯޓް ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ މަލްޓިޕާޕާސް ބިލްޑިންގް ހޯލުގައި، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޮޑު ހޯލުގައި އަދި ކުޑަހުވަދޫ ޕްރީސްކޫލުގައި އެވެ.


މަލްޓިޕާޕާސް ބިލްޑިންގް ހޯލުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-

މި ވޯޓް ފޮއްޓަށް ވޯޓްލާނީ އިސްކަންދަރުމަގުން ހުޅަނގަށް ގޮސް ބޮޑުރަސްގެފާނު މަގުން އުތުރުގައި ހިމެނޭ ގޭގެ ރަޖިސްޓްރީގައިވާ 

މީހުންނެވެ.


ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޮޑު ހޯލުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-

މި ވޯޓް ފޮއްޓަށް ވޯޓްލާނީ އިސްކަންދަރުމަގުން އިރުމައްޗަށްގޮސް ބޮޑުރަސްގެފާނު މަގުން އުތުރުގައި ހިމެނޭ ގޭގެ ރަޖިސްޓްރީގައިވާ

މީހުނާއި ރަށުގައި ދިރިއުޅޭ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުމީހިންނެވެ.


ކުޑަހުވަދޫ ޕްރީސްކޫލުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-

މި ވޯޓް ފޮއްޓަށް ވޯޓްލާނީ ބޮޑުރަސްގެފާނުމަގުގެ ދެކުނުފަޅީގައި ހިމެނޭ ގޭގެ ރަޖިސްޓްރީގައިވާ މީހުނާއި ރަށުގައި ދިރިއުޅޭ

ދ. އަތޯޅުން ފެށިގެން ޏ. އަތޮޅާއި ދެމެދުގައި ހިމެނޭ ރަށްރަށުގެ މީހުނާއި އައްޑޫސިޓީއާއި މާލޭސިޓީގެ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު