އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

4 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

4 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

4 years ago

ސާބިތު ދަރަންޏެއް ނުދެއްކުމުން ކުޑަހުވަދޫ ގާޒީ މަގާމުން ދުރުކޮށްފި

8 months ago

ކުޑަހުވަދޫ އޮންލައިން

ސާބިތު ދަރަންޏަކަށް ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރު މަގާމުން ވަކިކޮށްފިއެވެ.


ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުއާ ގުޅޭގޮތުން ކޮމިޝަނުގެ ސަމާލުކަމަށް ގެނެވުނު މައްސަލައެއް ބެލިބެލުމުން، ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާކޮށްފައިނުވާކަން އެނގިފައިވާ ކަމަށެވެ.


ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ)ގެ ދެވަނަ ނަންބަރުގައިވާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާ ކަމެކެވެ. ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް އުނިވެއްޖެ އެ ފަނޑިޔާރަކު ހުރި މަގާމު ހުސްވީ ކަމުގައި ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވެއެވެ.


އެކަންކަމަށް ރިއާޔަތްކޮށް ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެކަމަށް ނިންމުމާއެކު، ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާ ހުންނެވި މަގާމު ހުސްވެއްޖެ ކަމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު