
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
ޓްުއަރިޒަމް މިނިސްޓްރީގެ "ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމް ދާލު އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ.
މި މަހުގެ 8ވަނަ ދުވަހު ފެށި މިދަތުރުތަކުގައި، މިނިސްޓަރ އޮފް ޓްއަރިޒަމް އަބްދުﷲ މައުސޫމްއާއި ޓްއަރިޒަމް މިނިސްޓްރީގެ ޓީމެއް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މި ދަތުރުތަކަކީ، ލޯކަލް ޓްއަރިޒަމް އަތޮޅުތެރޭ ރަށްތަކުގައި ފުޅާކޮށް، މި އަންނަ އަހަރު ޖެނުއަރީގައި ފެށުމަށް މަސައްކަތްކުރާ "ހޯމްސްޓޭ ޓްއަރިޒަމް" ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ ދަތުރުތަކެކެވެ.
އެގޮތުން، މިދަތުރުގައި މިމަހުގެ 8ވަނަ ދުވަހު އެންމެ ފުރަތަމަ ޒިޔާރަތް ކޮށްފައިވަނީ ދާލު އަތޮޅު ކުޑަހުވަދޫއަށެވެ. މިޒިޔާރަތްތަކުގައި ދާލު އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިއުވެސް ބައިވެރިވެ ވަޑައިގެންފައިވެެއެވެ.
ދާލު އަތޮޅުގެ ރަށްތަކަށް ކުރެވުނު މިޒިޔާރަތުގައި، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ކޮމިޓީއަށް މަސައްކަތްކުރާ ކުރާ ކޮމިޓީގެ އިތުރުން އެރަށްރަށުގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކުރައްވާފައިވެއެވެ. އަދި ފަތުރުވެރިކަން ތަޢާރަފްކުރެވޭނެ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް އެކަމުގެ މައުލޫމާތު، "ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމްއިން ވަނީ ހިއްސާކޮށްފައެވެ.
މިސަރުކާރުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޓޫރިޒަމް ފުޅާކުރުމަށް، "ހޯމްސްޓޭ ޓްއަރިޒަމް" ތައާރަފް ކުރާނެކަމުގައި ވަނީ ބުނެފައެވެ. "ޓްއަރިޒަމް އެންޑް ޑައިވަރސިފިކޭޝަން" ގެ ޓީމްއިން ވަނީ މިދިޔަ މަހުގެ 25 އިން 29 އަށް ބ.އަތޮޅުގެ ރަށްތަކަށްވެސް ދަތުރުކޮށްފައެވެ. އަދި މި ޓީމުންވަނީ ތިލަދުންމަތީގެ ރަށްތަކަށްވެސް ޒިޔާރަތްކޮށްފައެވެ.