
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
ދ.ކުޑަހުވަދޫ ކައުންސިލު އިދާރާ އާއި ކުޑަހުވަދޫގެ ޖަމްޢިއްޔާއެއްކަމަށްވާ ޔުނައިޓެޑު އިސްލާމިކް ސޮސައިޓީން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ކުޑަހުވަދޫގައި ޚާއްޞަ ޙަރަކާތްތަކެއް ފަށައިފިއެވެ. މިއަދު ފެށުނު މި ޙަރަކާތްތައް ހަފްތާއަކަށް ކުރިއަށްދާނެއެވެ. ޙަރަކާތްތައް ނިންމުމަށް ހަމަޖެހިފައިވަނީ 4 ޖޫން ވާ ހުކުރު ދުވަހުގައެވެ.
ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުޑަހުވަދޫގައި ހިނގުމަށް ހަމަޖެހިފައިވާ ފަންޑު ރައިޒިންގ އިވެންޓް ކުރިއަށް ދަނީ ފިހާރަތަކުގައި ފަންޑު ފޮށިތައް ބަހައްޓައިގެންނެވެ. މިކަމުގައި ރަށުގެ ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ. އަދި މިޔަދު ހުކުރު ވަގުތުގައި ކުޑަހުވަދޫގައި ހުކުރުކުރާ 4 މިސްކިތުގައިވެސް ވަނީ ފޮށިތައް ބަހައްޓާފައެވެ. ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ޓީޝާޓު ވިއްކުމުގެ ޙަރަކާތްތަކެއް މިފަންޑު ރައިޒިންގ އިވެންޓުގައި ކުރިއަށް ގެންދެއެވެ.
ފަންޑު ފޮށިތަށް ފިހާރަތަކުގައި ބެހެއްޓިފައިވާކަމާއި، ޢާއްމުން މި ޙަރަކާތައް ހޭލުންތެރި ކުރުވުމަށް ޔޫ.އައި.އެސްގެ ފަރާތުންވަނީ ރަށުގެ ހުރިހާ ގެތަކަށް މަޢުލޫތު ހިމެނޭ ލީފްލެޓް ބަހާފައެވެ. ފަލަސްޠީނަށް އެހީވުމަށް ފަށާފައިވާ، ‘ފަލަސްޠީނަށް އެހީވަމާ’ މިކެމްޕެއިން އަށް ރައްޔިތުންގެ ފުރިހަމަ ތަރުޙީބު ލިބޭނޭކަމަށް، ޔަޤީންކުރާކަމުގައި އިންތިޒާމްކުރާ ފަރާތުން ޤަބޫލުކުރެއެވެ. ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ޓްރާންސްފާ ކުރެވޭނޭ އިންތިޒާމުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޓްރާންސްފާ ކުރަންވީ އެކައުން އަކީ 7723700613001 އެވެ.
ރަމަޟާން މަހުގެ ފަހު 10 އެއްގައި އިޒުރޭލުންވަނީ ފަލަސްޠީނަށް އަމާޒުކޮށް އެތައް ހަމަލާތަކެއް ފޮނުވާލާފައެވެ. އިޒްރޭލުގެ ނުރައްކާތެރި އަނިޔާވެރި ހަމަލާތަކުގައި މަޢުސޫމް އެތައް މުސްލިމުންނެއް ވަނީ ޝަހީދުވެފައެވެ. އަދި އެތަކެއް މަދަރުސާއަކާއި ހަސްފަތާލެއް ވަނީ ބިމާ ހަމަވެފައެވެ.
ރިޒާ
ހަށިގަނޑުގެ ގުނަވަނެއްގައި ރިއްސާނަމައެކަމުގެއަސަރު މުޅިހަށިގަނޑަަށްވެސްކުރާފަދައިން މުސްލިމަކަށްލިބޭއަނިޔާއާއި ކެކުލުމަކީ ހުރިހާމުސްލިމުންނަށްވެސް އެކަމުގެއަސަރުކުރާނެކަމަކަށްވާއިރު ފަލަތީނުގެބިންގަދަކަމުން ފޭރިގަނެ ކުށެއްނެތް އެތަށްމުސްލިމުންނެތް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދިސިފައިން ޝަހީދުކުރަމުންގޮސް ހުވަފަތްވެފައިވާ އަންހެނުންނާ ޔަތީމްވެ ގެދޮރުބިމާހަމަކޮށް އަންދާލާފައިވާ ކުޑަކުދިންގެ ރުއިމާ،ކެކުޅުމުގެ އަޑުތަކަށް މުސްލިމުންނަށް ކެތްނުކުރެވޭހާލަތަކަށް ގޮސްފައިވާމިދަނޑިވަޅުގައި ފަލަސްތީނަށް އެހީވުމުގެހަރަކާތްތަކަކީ ވަރަށްރަގަޅުކަމެއް ތިކަމުގައި އިސްނަންގަވާ ހިންގަވާ ފަރާތްތަކަށް ހިފެހެޓުމެއްނެތި ޝުުކުރުދަންނަވަން އަދި ތިކުރައްވާރަގަޅުމަސައްކަތްޕުޅަކީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ވީމާ، ތިބޭފުޅުންނާ ތިބޭފުޅުންގެ މަސައްކަތުގައި ބަރަކާތްލައްވާ ކުރިއެރުންދެއްވުމަށާ، މުސްލިމުންގެ މަޤްސަދު ހާސިލްކޮށް ދެއްވުންއެދި ﷲގެ ހަޒުރަތުގައި ދުޢާދަންނަވަން
2 years ago