އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އެމް.ޕީ އާމިރު އެކްސިޑެންޓްވެ ފަރުވާދެމުންދަނީ

2 years ago

އިބްނު ޙަސަން

ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު 

އަލްފާޟިލް އަޙްމަދު އާމިރު އަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ 

އިއްޔަ ހަވީރުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުން އެކްސިޑެންޓް ހިނގައިފައިވަނީ 5:30 ކަންހާއިރުގައެވެ. 


މި އެކްސިޑެންޓްގައި ކުޑަހުވަދޫ ދާއިރާގެ މެންބަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވިއެއްކަމަކު 

އަނިޔާތަކުގެ ތަފްޞީލެއް އަދި ލިބިފައެއްނުވެއެވެ. މެންބަރަށް ލިބިފައިވާ އަނިޔާތަކަށް މިވަގުތު ފަރުވާ 

ދެވެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފަރުވާ ދެވެމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.


ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަކީ ދާއިރާއަށް ތަރައްޤީ އާއި ހެޔޮގޮތްތައް ހޯދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަަދި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދުޢާއަކީ މެންބަރަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ. އަދި ރައްޔިތުންގެ ޚިދުމަތައް އެނބުރިވަޑައިގެން އިޚްލާޞްތެރި ޚިދުމަތެއްކުރުމުގައި ދެމިހުރުމުގެ ތައުފީޤު މިންވަރު ކުރެއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު