
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
ކުޑަހުވަދޫގައި މިވަގުތު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިންގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއި ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ހޮސްޕިޓަލުންވަނީ ކޮށްފައެވެ. މިހާލަތުގައި އެކި ގޮތްގޮތުން ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދިރިއުޅޭ ގެތައްވަނީ ކަރަންޓީންއަށް ލެވިފައެވެ. މިގޮތުން ކުޑަހުވަދޫ ސޯޝަލް ސަޕޯޓް ޑެސްކް އިން ވަނީ މިހާތަނަށް 132 ގެއެއް ކަރަންޓީން ކުރެވިފައިވާކަން ހާމަކޮށްފައެވެ.
ކުޑަހުވަދޫއިން ކޮވިޑް އައުޓްބްރޭކްގައި މިހާތަނަށް ޖުމުލަ 28 ފަރާތެއް ފައްސިވެފައިވެއެވެ. ހަމައެހެންމެ މިދިޔަ ބުރާސްފަތި ދުވަހުގައި އިތުރު 6 ފަރާތެއްވަނީ އަލަށް ކޮވިޑަށް ފައްސިވެފައިވެއެވެ.
މުޅި ރާއްޖޭ އާއި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމުގައި ކުޑަހުވަދޫއިން ފައްސިވީ މީހުންގެ ޢަދަދު 70 އަށް މިވަނީ އަރާފައެވެ. އިތުރު ސާމްޕަލްތަކުގެ ނަތީޖާ އާއިއެކު މިޢަދަދު އިތުރުވުމަކީ އެކަށީގެންވާކަމެކެވެ. ހަމަމިއާއިއެކު ބައްޔަށް ފަރުވާކުރެވި މިހާތަނަށް 39 ފަރާތެއްވަނީ ރަނގަޅުވެފައެވެ.
ގައިންގަޔަށްއަރާ މި ނުރައްކާތެރި ކޮވިޑު ރޯގާގެ ސަބަބުން ރާއްޖެއިން މީހުން މަރުވާ ނިސްބަތް މިހާރުވަނީ އިތުރުވެފައެވެ. އެހެންކަމުން ބައްޔާމެދު ފަރުވާތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ތަކުރާރުކޮށްދަނީ އަންގަމުންނެވެ. މިގޮތުން ކުޑަހުވަދޫ ކައުންސިލް އިދާރާއިން އަޑުގަދަކުރާމެދުވެރިކޮށް ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ ކައިރިއަށްގޮސް ވާހަކަ ދައްކަން ނުތިބުމަށް ދަނީ ނަޞޭޙަތްތެރިވަމުންނެވެ. އިންސާނާގެ ފުރާނައަށް ނުރައްކާތެރިވާ މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިއްމު އެއް ހައްލަކީ ފަރުދީ ޒިންމާ އަދާކުރުމެވެ.