އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ދ.އަތޮޅު ހޮސްޕިޓަލުގައި ސިނަފާމް ވެކްސިންގެ 2ވަނަ ޑޯޒް ޖަހަންފަށަނީ

2 years ago

އިބްނު ޙަސަން

ދ.އަތޮޅު ހޮސްޕިޓަލުން، ސިނަފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ. އެ ހޮސްޕިޓަލުން އިޢުލާނުކޮށްފައިވާ ގޮތުގައި 2021 އެޕްރީލް 9 ވަނަ ދުވަހު ސިނަފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ފަރާތްތަކަށް، ސިނަފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން 22 މެއި 2021 ވާ ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ. ވެކްސިން ޖެހުމުގެ ޙަރަކާތް ކުރިއަށްދާނީ މެންދުރު 2:00 ފެށިގެން ހަވީރު 4:00 އަށް، ދ.އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓުގައެވެ.


ވެކްސިން ޖެހުމާއި ގުޅުންހުރި ކަންކަމުގައި، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7903991 ނަންބަރަށް ގުޅުމަށް ހޮސްޕިޓަލުންވަނީ އިޢުލާނުކޮށްފައެވެ. މިއީ ކުޑަހުވަދޫގައި ކޮވިޑް-19 އަށް ގިނައަދަދެއްގެ ބަޔަކު ފައްސިވެ ، ރަށް މޮނިޓަރިންގެ ޙާލަތައް ލެވިފައިވާ ދަނޑިވަޅެކެވެ. ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެކަމެއް ކުރުމުގައި ހޮސްޕިޓަލުގެ ހީވާގި މުވައްޒަފުން ފަސްނުޖެހި ތިބުމީ އެފަރާތްތަކަށް ޝުކުރު ޙައްޤުވެގެންވާ ކަމެކެވެ.


ކުޑަހުވަދޫ އައުޓްބްރޭކްގައި 4 މީހަކު އިއްޔެ ފައްސިވެފައިވާއިރުގައި ، ހޯމް ކަރަންޓީނުގައި ތިބި 2 ފަރާތެއްވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. ހަމައެހެންމެ 29 ސާމްޕަލެއްގެ ނަތީޖާ މިވަގުތު ނުލިބި ވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ކުޑަހުވަދޫ އޮންލައިންއަށްވަނީ މަޢުލޫމާތު ލިބިފައެވެ.


މުޅި ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޮވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމުގެ ޙަރަކާތްތަކެއް ދިވެހި ދައުލަތުންވަނީ ފަށާފައެވެ. އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަންޖެހެއެވެ. ސިއްޙީ މާހިރުންގެ އިރުޝާދާއިއެކު ، އެކި ވެކްސިންގައި ދެ ޑޯޒް ފުރިހަމަ ކުރަންޖެހޭ މުއްދަތު ތަފާތެވެ. ދިވެހިރާއްޖޭގައި ޖަހާ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑް އާއި ފައިޒާ ވެކްސިން އާއި ސިނަފާމް ވެކްސިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު