އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން : 3 ވަނަ ބައި

2 years ago

އިބްނު ޙަސަން

2. ބުއްދިއަށް ރައްކާތެރިވުން:

ﷲ ޚަލްޤު ކުރައްވާފައިވާ ހުރިހާ ތަކެއްޗަކަށްވުރެ، އިންސާނާ މާތްކުރައްވައި މަތިވެރި ކުރެއްވީ ބުއްދީގެ ސަބަބުންނެވެ. އިންސާނާ އޭނާގެ ބުއްދިއަށް އުނިކަމެއް އަންނާނެފަދަ އެއްވެސް ޢަމަލެއް ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެެވެ. މާތުރަ އެކަންކަމީ ނިހާޔަތައް މަނާކުރައްވައި އިންޒާރު ކުރައްވާފައިވާ ކަމެކެވެ. އެހެނީ އިންސާނާއީ ދުނިޔަވީ ޙަޔާތް އާރާސްތު ކުރުމާއިއެކު އޭނާގެ ދާއިމީ އުޚްރަވީި ގޮވަތި ހޯދުމައް މަސައްކަތް ކުރުމަށް ފޮނުއްވާފައިވާ ޚާލިޤު ވަންތަ އިލާހުގެ އަޅުންނެވެ. ވީއިރު ބުއްދި ސަލާމްތުން ނެތި އޭނާގެ ޙަޤީޤީ ގޮވަތި ޙާޞިލުކުރުމަކީ ނާދިރުކަމެކެވެ. އެހެކަމުން ބުއްދި ގެއްލުވާލާ ކޮންމެ އެއްޗެއް އިސްލާމް ދީނުގައިވަނީ ޙަރާމް ކުރައްވާފައެވެ. ރަސޫލާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ''كُل مسكر خمرٌ وكُل مسكر حرامٌ ''(صحيح البخاري) މާނައީ: '' ކޮންމެ މަސްތުވާ އެއްޗަކީ ރާއެކެވެ. ކޮންމެ ރާއަކީ ޙަރާމް އެއްޗެކެވެ.''


އާނއެކެވެ. ރަލަކީ އިންސާނާގެ ބުއްދި ހަލާކުކޮށްލާ މަސްތުގެ ބުއިމެކެވެ. އެއީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ. އިންސާނާ އިންސާނިއްޔަ ވަންތަކަމުން ދުރުކޮށް ޙައިވާނުންގެ ދަރަޖައަށް ވައްޓާލާއެޗެކެވެ. ރަލާއި މަސްތުވާ ކޮންމެ އެއްޗަކާއި ދުރުހެލިވެ، އަމިއްލަ ނަފްސައްގެއްލުން ދިނުމުން ރައްކާތެރިވާން ޖެހެއެވެ.


3. ސިއްޙަތައް ރައްކާތެރިވުން:

ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަކީ މީހާ މުރާލިވާ ކަމެކެވެ. އަމިއްލަ ނަފްސު މުޑުވަށްކޮށް ރަނގަޅަށް ބެލެހެއްޓުމަކީ ދީން ނުހަނު ބާރުއަޅާ ކަމެކެވެ. ދީނީ އިމުގެ ތެރެއިން ދުވެ ކަސްރަތުކޮށް ކުޅިވަރު ކުޅެ އުޅުމަކީ ހުއްދަކުރައްވާފައިވާ ކަންކަމެވެ. ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ބޭނުން ކުރުމާއި ކެއުމުގެ އަދަބުތަކަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ.


ތަފާތު އެކި ނުރައްކާތެރި ބަލިތަކުން ރައްކާތެރިވެ ހުރުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. ހަމައެހެންމެ ހަށިގަނޑަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަކީ ނަފްސައް އަޅާލުމެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި މިއަދު ޢާއްމުވެފައިވާ، ސިއްޙަތައް ހުރި ބޮޑު ނުރައްކަލެއްކަމުގައިވާ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި ދުންފަތުގެ ޒަރީޢާއިން ޖެހޭ ތަފާތު ބަލިތަކުގެ ޝިކާރައަކަށް އެތަކެއް ދުވަސްވީ މީހުންނާއި ޒުވާނުންނެއްދަނީ ވަމުންނެވެ.


ޑރ.ޢާބްދުލްމަޖީދު ޢަބްދުލްބާރީ (ރަޙިމަހުއްﷲ) 2007 ވަނަ އަހަރު ލިޔުއްވާފައިވާ 'އިސްލާމްދީނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ޙުކުމް'، މިފޮތުގެ 10 ވަނަ ޞަފުޙާގައި އެބޭފުޅާ ލިޔުއްވާފައިވެއެވެ. ''..ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އިންސާނާގެ ސިއްޙަތައްލިބޭ ގެއްލުމުގެ ތެރޭގައި، ކަރާއި އަނގައިގެ ކެންސަރު ޖެހުން ހިމެނެއެވެ. ހަމައެފަދައިން ދަތްތައް ހަލާކުވެ، ފުއްޕާމެއްއަށް ކެންސަރުޖެހި، ނޭވާލުމުގެ ނިޒާމަަށްވެސް ބޮޑެތި މައްސަލަތަކެއް ޖެހެއެވެ. ގޮހޮރުގައި ފާރު އުފެދެއެވެ. ހާޓް އެޓޭކް ޖެހެން މެދުވެރިވެއެވެ. މިހުރިހާ ކަމެއް ދިމާ މިވަނީ، ދުންފަތުގައި އެކުލެވެގެންވާ ވިހަ މާއްދާތަކެއްގެ ސަބަބުންނެވެ. އެއީ ނިކޮޓިން އާއި ތާރު ފަދަ ގެއްލުންދޭ މައްދާތަކެވެ..'' މި ލިޔުމުންވެސް ދުންފަތަކީ ސިއްޙަތައް ކިހާބޮޑު އެޓޮމްބޮމެއްކަން އެނގިގެންދެއެވެ. އަމިއްލައަށް އެނގިތިބެ އަމިއްލަ ނަފްސު ހަލާކަށް ހުށަހެޅުން އިސްލާމްދީން މަނާކުރެއެވެ. މާތްﷲ ނިސާ ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ:(وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ‎﴿٢٩﴾‏) މާނައީ: ''ތިޔަބައިމީހުން އަމިއްލައަށް ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް ނުހަނު އޯގާތެރިވެ ވޮޑިގެންވާކަން ކަށަވަރެވެ.'' މިފަދަ ބަސްފުޅުތަކުން ހިތްވަރު ލިބިގަނެ، ނަފްސުތައް ރައްކާތެރިކުރުމަށް ޢަޒުމް ކަނޑައަޅާށެވެ.

ކިޔުންތެރިންގެ ހިޔާލު