ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
މިއަދަކީ ދިވެހިރާއްޖޭގައި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންތިޚާބުވި ފަރާތްތަކުގެ ހުވާކުރުމުގެ ރަސްމިއްޔާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ދުވަހެވެ. މިގޮތުން މިއަދު ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ މެންބަރުންގެ ހުވާކުރުމުގެ ދަރުބާރު ބާއްވާފިއެވެ. މިދަރުބާރު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިކޮށެވެ. އަދި އަތޮޅު ކައުންސިލުގެ ޕޭޖުން މެންބަރުން ހުވާކުރުމުގެ ދަރުބާރު ލައިވްކޮށްވަނީ ދައްކާފައެވެ.
ނިލަންދެ އަތޮޅު ކައުންސިލުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ އަލްފާޟިލް އަޙްމަދު ޝާފިޢު އެވެ. ޝާފިޢު އަކީ ނިމިދިޔަ އަތޮޅު ކައުންސިލުގެވެސް ރައީސް އެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޤާނޫނޫ ބުނާގޮތުން ކޮންމެ ރަށެއްގެ ކައުންސިލުގެ ރައީސް އަކީ އަތޮޅު ކައުންސިލުގެ މެންބަރެކެވެ. މިގޮތުން ހުވާކުރުމުގެ ދަރުބާރުގައި ދ.އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުތަކުގެ ރައީސުންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށް އިންތިޚާބުވި މެންބަރުންނަށް މަޤާމުގެ ހުވާލައިދެއްވީ ދ.ޖުޑިޝަރީ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު އާމިރު އެވެ.
މިފުރުޞަތުގައި މަޤާމުތަކަށް އިންތިޚާބުވީ ހުރިހާ ފަރާތްތަކަށް ކުޑަހުވަދޫ އޮންލައިންގެ ފަރާތުން މަރުޙަބާއާއި ތަހުނިޔާ ރައްދުކުރަމެވެ. އަދި ހަމައެހެންމެ ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮވެރިކަމެއް ކޮށްދޭނޭ ކަމުގައި އުންމީދުކުރަމެވެ.
އަބޫ
މަރުޙަބާ މަރުޙަބާ
2 years ago