
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
މުޅި އިންސާނިއްޔަތު ޖާހިލުކަމުގެ އަނދިރީގައިވަނިކޮށް ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް އިސްލާމީ ރިސާލަތު ބާވައިލެއްވީ ހަމަހަމަކަމާއި ޢަދުލް އިންޞާފު ބިންމަތީގައި ޤާއިމްކުރުމަށާއި އުޚްރަވީ ޙަޔާތައް މަގުދެއްކުމައްޓަކައެވެ. ދުވަސްވަރަކީ މީސްތަކުން އެބައިމީހުންގެ އަމިއްލަ ދަރިން ދިރިތިއްބައި ވަޅުލަމުންދިޔަ އިންސާނިއްޔަތުގެ ކުޑަވެސް މިންވަރެއް ނުވާ ދުވަސްވަރެވެ. އަނބިން ގެންގުޅެމުން އައީ އަޅުންގެ ދަރަޖައިގައެވެ. އަޅުންނާމެދު އެހާމެ އިހާނެތިކޮށް ކަންތައް ކުރެވެމުންދިޔައެވެ. އެބައިމީހުންގެ އަމިއްލަ ނަފްސުތައް އެތަކެއް ފާފަތަކުގެ ތެރެއަށް ޣަރަޤުވެފައިވީ ދުވަސްވަރެވެ.
އިސްލާމްދީން ﷲ ބާވައިލެއްވީ އެންމެ ފުރިހަމަ ދީނުގެ ގޮތުގައެވެ. މި ދީނުގައި އެއްވެސް ކަމެއް ދޫކޮށްލެވިފައެއް ނުވެއެވެ. އިންސާނާ އޭނާގެ ރައްބަށް އަދާކުރަންޖެހޭ ޙައްޤުތައް ދަސްކޮށްދެއްވާފައި ވީފަދައިން، އޭނާގެ އަމިއްލަނަފްސައް އަދާކުރަންޖެހޭ ޙައްޤުތަކާއި އެހެނިހެން އަފުރާދުންގެ ޙައްޤުތަކަށް ބެލުމަށް އިސްލާމްދީން ދަސްކޮށްދެއްވާފައިވެއެވެ. މާތް ﷲ ، މި އިސްލާމީ އުއްމަތަކީ އެންމެ ހެޔޮ އުއްމަތްކަން ބަޔާންކުރައްވައި އާލް ޢިމްރާނު ސޫރަތުގެ 110 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ: (كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ ﴿١١٠﴾ ) މާނައީ: '' މީސްތަކުންނައްޓަކައި ނެރުއްވި އެންމެ ހެޔޮ އުއްމަތްކަމުގައި، ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރު ކުރަމުއެވެ. އަދި ނުބައި ކަންތައް ނަހީ ކުރަމުއެވެ. އަދި ތިޔަބައި މީހުން މާތް ﷲ އަށް އީމާންވަމުއެވެ..''
މިއާޔަތުން އިސްލާމްދީނުގައި އެކަކު އަނެކަކާ ދެމެދުގައިވާ، ގުޅުން ވަރަށް ފުރިހަމައަށް އެނގި ބަޔާންވެގެންދެއެވެ. އަދިވެސް ﷲ ގެ ޙަޟުރަތުގައި އިސްލާމްދީންނޫން އެހެންދީނެއް ޤަބޫލުވެވިގެން ނުދާކަން އެނގެނީ، އާލް ޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތައް ބަލާލުމުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ: (إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ ۗ ) މާނައީ: '' ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި، ދީނަކީ އިސްލާމްދީނެވެ.'' މިހެންކަމުުން މިހާ ފުރިހަމަ ޝާމިލު ދީނެއްގައި އަމިއްލަ ނަފްސާއި އެހެން މީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީފައިވާނެ މިންވަރު އެނގި ހާމަވެއެވެ.
އެހެނަސް އަދަކީ، މުޖުތަމަޢުގެ ހަލަބޮލިކަން އިތުރުވެފައިވާ ދުވަސްވަރެވެ. އިންޓަނެޓާއި މީޑިއާ ނެޓުގެ ދުނިޔޭގައި މީސްތަކުންވަނީ ބަނދެވިފައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ޒުވާނުންނާއި މުސްކުޅިންވެސް މިވަނީ ސްކްރީންތަކުގެ ދަށުގައި ތާށިވެފައެވެ. ހެޔޮގޮތުގައި ސޯޝިއަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކުރާ މީހުންގެ ނިސްބަތް ވަރަށް މަދެވެ. މިކަމުގެ ސަބަބުން ދަރިންނަށް އިސްލާމްދީނުގެ ރިވެތި އާދަތަކާއި އުޞޫލުތައް ދަސްކޮށްދިނުމަށް މައިންބަފައިން ނުކުޅެދިފައިވާއިރު، އެކުދިން ސޯޝިއަލް މީޑިއާގެ ބޭނުން ހިފަމުންދަނީ އެންމެ އެކަށިގެންވާ ރަނގަޅު ގޮތުގައެއްނޫނެވެ. އެކަން ހާމަވެގެންދަނީ ތަފާތު އެކި ގޭމުތަކާއި ސީރީސްތަކާއި މިނޫންވެސް ތަކެތީގެ ސަބަބުން އެކުދިންގެ އުޅުމަށް އައިސްފައިވާ ބަދަލު މުޖުތަމަޢުން ފެންނަމުންދާތީއެވެ.
އިންޓަނެޓާއި ގޭމްތަކުގެ ދޮށުގައި ރޭގަނޑުގެ ބޮޑުބައެއް ހޭދަކުރަމުންދާއިރު ނަމާދާއި ދީނުގެ އެހެނިހެން އަޅުކަންތަކަށް ޒުވާނުން ދަނީ އިހުމާލުވަމުންނެވެ. މިއީ އަމިއްލަ ނަފްސުތަކަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. ސްކްރީންގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ގެއްލުންވާކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މިހެންކަމުން ތިމާގެ އަމިއްލަ ނަފްސާއި އަނެކުންގެ ރައްކާތެރިކަމަށް އިސްލާމް ދީނުގައި އަހަމިއްޔަތުކަން ދީފައިވާ މިންވަރު އޮތްނެތްގޮތް އެނގުން މުހިންމެވެ.