އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫ އައުޓްބްރޭކް، 22 މީހަކު ކޮވިޑަށް ފައްސިވެއްޖެ!

2 years ago

އިބްނު ޙަސަން

ކުޑަހުވަދޫއިން މިމަހުގެ 12 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވީ މީހާގެ ޙާލު ސީރިއަސްވެ ލ.ކޮވިޑު ފެސިލިޓީއަށް ބަދަލުކުރެވިފައިވާކަމަށް ކުޑަހުވަދޫ އޮންލައިން އަށް މަޢުލޫމާތު ލިބިއްޖެއެވެ. މިހާތަނަށް ކުޑަހުވަދޫއިން ކޮވިޑަށް 22 ފަރާތެއް ފައްސިވެފައިވެއެވެ. އަދި މިވަގުތު 6 ފަރާތެއް ހޯމްކަރަންޓީނު ކުރެވިފައިވެއެވެ.


މިހާތަނަށް ފައްސިވެފައިވާ ފަރާތްތަކުގެތެރޭގައި ހައިރިސްކުމީހުން އެބަތިއްބެވެ. އަދި ކުރިއަށްވުރެ މިފަހަރުގެ ކޭސްތަކުގައި ބަލިޖެހޭ މީހުންނަށް، ބަލީގައި ބޮޑުވަރު ވާކަމުގައި ހޮސްޕިޓަލާއި ހަވާލާދީ މަޢުލޫމާތު ލިބިފައިވެއެވެ. މިހެންކަމުން ކޮވިޑުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވައި ހޮސްޕިޓަލަށް އެންގުން މުހިއްމެވެ. ހޮސްޕިޓަލުން މިވަގުތުދަނީ ސާމްޕަލްނެގުމުގެ މަސައްކަތް ކުރައްވަމުުންނެވެ. މީގެ ކުރިންވެސް ހޮސްޕިޓަލުންވަނީ ބަލީގެ އެއްވެސް ޢަލާމާތެއްވާނަމަ ލަސްނުކޮށް ހޮސްޕިޓަލުގެ ނަންބަރު 6760087 ނުވަތަ 7903991 އަށް ގުޅުއްވުމަށް އަންގާފައެވެ.


ކޮވިޑު އައުޓްބްރޭކުގައި ގިނަ ޢަދަދަކަށް މީހުން ފައްސިވަމުންތާތީވެ، ކޮންމެހެން ކަމެއްޖެހިގެން ނޫންގޮތަކަށް ނިކުމެ ނޫޅުމަށައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހޮސްޕިޓަލާއި ކުޑަހުވަދޫ ކައުންސިލުން އަންނަނީ އިލްތިމާސްކުރަމުންނެވެ. މިހެންކަމުން މިޙާލަތުގައި ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިގެންނޫނީ ބަލި ކޮންޓްރޯލްކުރުމަކީ އުނދަގޫކަމަކަށްވާނެއެވެ.


ރަށުގެ ބޮޑުބަޔަކަށް ބަލިފެތުރި ނުރައްކާތެރި ޙާލަތަކަށް ދިއުމުގެ ކުރިން، ރައްކާތެރިވެ ފަރުދީ ޒިންމާ ނެންގެވުން މުހިއްމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

ކިޔުންތެރިންގެ ހިޔާލު