އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ހުވާކުރުމުގެ ރަސްމިއްޔާތު ލައިވްކޮށް

2 years ago

އިބްނު ޙަސަން

މިދިޔަ މަހުގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި، ކުޑަހުވަދޫގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާވުމުގެ ދަރުބާރު ބޭއްވުމުގެ ވަގުތު ކުޑަތަންވަނީއެވެ. މިދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމުގައި ކުޑަހުވަދޫ ކައުންސިލް އިދާރާއިންވަނީ އިޢުލާނުކޮށްފައެވެ. ދަރުބާރު ކުރިއަށްދާނީ ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގގެ ލައިބްރަރީ ހޯލުގައެވެ.


ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ގަވާރމަންޓް އޮތޯރިޓީން ވަނީ އިންތިޚާބީން ހުވާކުރުމުގެ ރަސްމިއްޔާތު ވަކި ގައިޑިލައިނެއްގެ ތެރެއިން ބޭއްވުމަށް އަންގާފައެވެ. އެގޮތުން މިފަހަރުގެ ހުވާކުރުމުގެ ރަސްމިއްޔާތު ޢާއްމުންނަ ހުޅުވާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް ހުވާކުރުމުގެ ދަރުބާރު ރައްޔިތުންނަށް ފެންނާނޭހެން ލައިވް ކުރުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއިންވަނީ ނިންމާފައެވެ. މިގޮތުން ކުޑަހުވަދޫ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖު https://www.facebook.com/dhaal.kudahuvadhoo.council އިން، މެންބަރުން ހުވާކުރުމުގެ މަންޒަރުތައް ގެނެސްދޭނޭކަމަށް އެއިދާރާއިން ވަނީ އަންގާފައެވެ.


މިވަގުތު ކުޑަހުވަދޫއިން ކޮވިޑުގެ އިތުރު ކޭސްތަކެއްފެނި، ގިނަބަޔަކު ފައްސިވަމުންދާ މިދަނޑިވަޅުގައި ހުވާކުރުމުގެ ދަރުބާރަށް ޢާއްމުންނަށް ނުވަދެވޭހެން އޮތުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތެވެ. މިޙާލަތުގައި އަލަށް އިންތިޚާބު ކުރެވިފައިިވާ ކުޑަހުވަދޫ ކައުންސިލް މެންބަރުންގެ ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިޤުރާވުމުގެ ދަރުބާރު ގޭގައި ތިބެ ބަލާލުމުގެ އިންތިޒާމު ހަމަޖެހުމަކީ އެމަންޒަރު ދުށުމަށްއެދޭ، އެތައްބަޔެއްގެ ހިތަށް ތަސައްލީއެއް ލިއްބައިދޭނޭ ކަމެކެކެވެ.


މިފުރުޞަތުގައި ކުޑަހުވަދޫ އޮންލައިނުގެ ފަރާތުން އިންތިޚާބު ވެފައިވާ ކައުންސިލް މެންބަރުންނަށާއި ، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި ރައްޔިތުންގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްދެއްވުމަށް ދަންނަވަމެވެ. ހަމަމިއާއިއެކު ނިމުނު ކައުންސިލުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކޮށްދެއްވާފައިވާ ކަންކަމަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކުޑަބޭ

ކުޑަހުވަދޫގައި ހިނގާ މުހިންމު އެހެން ކަންކަން ކުޑަހުވަދޫ އޮންލައިން އިން ގެނެސްދިނުމަކީ ރައްޔިތުން ވަރަށް އެދޭކަމެއް

2 years ago