އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫ މޮނިޓަރިންގއަށް!

2 years ago

އިބްނު ޙަސަން

ކުޑަހުވަދޫއިން ކޮވިޑް-19 އަށް މިހާތަނަށް 7 މީހަކު ފައްސިވެފައިވާއިރު، އިތުރަށްސިއްޙީގޮތުން ބަލަންޖެހޭ

ކަންކަން ބެލުމަށްޓަކައި 12 މެއި 2021 ގެ 0:11 ގައި ރަށްވަނީ މޮނިޓަރިންގ ޙާލަތައް ގެނެސްފައެވެ.


ކުޑަހުވަދޫ މޮނިޓަރިންގެ ޙާލަތައް ގެނެސް އެޗް.ޕީ.އޭ އިން ނެރެފައިވާ ލިޔުމުގައިވަނީ، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް 

މީހަކު ރަށަށް އެރުން މަނާކޮށްފައެވެ.


މޮނިޓަރިންގެ ޙާލަތަށް ރަށްތައް ގެންނަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައެވެ. މިއީ "ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު (7/2012)" ގެ12 ވަނަ މާއްދާގެ ދަށުން 

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިފައިވާ ޤާނޫނީ އިޚްތިޔާރެކެވެ. 


ކުޑަހުވަދޫއިން މޮނިޓަރިންގ ޙާލަތު އުވާލާނީ އެޗް.ޕީ.އޭ އިން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ 

އިތުރު ފިޔަވަޅުތައް އެޅުމަށްފަހުގައެވެ. މިހެންކަމުން މޮނިޓަރިންގ އުވާލާނެ ވަކި ދުވަހެއް އަދި ނޭންގެއެވެ.


ކިޔުންތެރިންގެ ހިޔާލު

ދެރަވެއްޖެ

ވަރަށް ދެރަވެއްޖެ.

2 years ago