އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

3 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

3 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

3 years ago

ކޮވިޑް ވެކްސިން 2ޑޯޒް ޖަހާފައިވާ ފަރާތްތަކުން އެކަން ދ.އަތޮޅު ހޮސްޕިޓަލަށް އެންގުމަށް އެދިއްޖެ

6 months ago

އިބްނު ޙަސަން

ކުޑަހުވަދޫއިން ކޮވިޑް-19 އަށް 7 މީހަކު މިހާތަނަށްވަނީ ފައްސިވެފައެވެ. އަދި ހޯމްކަރަންޓީނު ކުރެވިފައި މިހާތަނަށް 6 ފަރާތެއްވާކަމަށް، ދ.އަތޮޅު ހޮސްޕިޓަލުން ސޯޝިއަލް މީޑިއާގައި މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.


މިޙާލަތުގައި ކޮވިޑް ވެކްސިން 2ޑޯޒް ފުރިހަމަކޮށް ކަރަންޓީން ނުވެ ކުޑަހުވަދޫއަށް ވަޑައިގެން އުޅުއްވާ ފަރާތްތައް ލަސްނުކުރައްވާ ދ.އަތޮޅު ހޮސްޕިޓަލަށް މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އެފަރާތުންވަނީ އެދިފައެވެ. މަޢުލޫމާތު ޙިއްސާކުރެއްވުމަށް 7903991 ނުވަތަ 6760087 އަށް ގުޅުއްވުމަށް ހޮސްޕިޓަލުން ވަނީ އިޢުލާނުކޮށްފައެވެ. އެންމެގެ ސަލާމަތާއި ރައްކާތެރިކަމަށް، ހޭލުންތެރިކުރުވުމުގެ ގޮތުން ދ.އަތޮޅު ހޮސްޕިޓަލުން ސޯޝިއަލް މީޑިއާގައި ދަނީ ކޮވިޑާއި ގުޅޭ ޕޯސްޓުތައް ހިއްސާކުރަމުންނެވެ.


ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ސިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރެވޭތޯ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވާށެވެ. ދ.އަތޮޅު ހޮސްޕިޓަލުގެ ފޭސް ބުކް ޕޭޖުގައި ރައްޔިތުންގެ ސަމާލުކަމަށް ގިނަކަންކަމެއް އަންނަނީ ގެނެސްދެމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުން ލަސްނުކުރައްވައި ހޮސްޕިޓަލަށް މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.


މިފަދަ ބަލިމަޑުކަމަކުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ނިހާޔަތައް ބޭނުންވާނެއެވެ. ކޮންޓެކްޓް ވެފައިވާނަމަ ފަރުދީ ޒިންމާ އަދާކޮށް މަޢުލޫމާތު ހިއްސާކުރުން އަވަސްކުރައްވާށެވެ. ޒަރޫރީ ބޭނުންތައްފިޔަވައި ގެއިން ބޭރަށް ނުނިކުންނަވާށެވެ. ގެއިން ބޭރަށް ނިކުންނަނަމަ ދެވިފައިވާ އިރުޝާދުތަކަށް ޢަމަލުކުރައްވާށެވެ.


ދުޢާ އަކީ ކުޑަހުވަދޫއިން ކޮވިޑަށް ފައްސިވެފައިވާ ފަރާތްތަކަށް ﷲ ގެ ރަޙުމަތުން އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ފަރުދީ ޒިންމާ

ފަރުދީ ޒިންމާ

6 months ago