
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
ރަމަޟާން މަހުގެ 22 ވީ އަންގާރަ ދުވަހުގެ މެންދުރު ފަހަށް އެޅުނުއިރު ދ.އަތޮޅު ހޮސްޕިޓަލުގެ ބޭރުގައިވަނީ ކިޔުދަމާލާފައެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖެއިން ވެކްސިން ހުސްވާން އުޅޭކަމުގެ އަޑުތަކާއިއެކު، މިކަމުގެ ފޯރި ރައްޔިތުންގެ މެދުގައިމިވަނީ ގަދަވެފައެވެ. އަވަހަށް ކިޔުއަށް އަރައި ނަންބަރެއް ލިބޭތޯ މަސައްކަތް ކުރަން މިހެންވުމުން ޖެހޭނެތާއެވެ.
ކޮންމެއަކަސް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ރައްޔިތުން މިވަނީ އަވަސްވެފައެވެ. ނިހާޔަތަށް އެކަމަށް ބޭނުންވެފައެވެ. ސަބަބުތައްވެސް އެބަހުއްޓެވެ. އެހެނަސް ސުވާލުއުފެދޭ އެތައްކަމެއްވެސް މިކަމުގެތެރޭގައި ހިނގައޭ ބުނުމަކުން ކުށަކަށް ނުވާނެއެވެ.
ބައެއް ނޫސްތަކުގައި ޑޮކްޓަރުންނާއި ޙަވާލާދީ ވެކްސިންގެ ކަމުނުދާ ވާހަކަލިޔެފައިވާތީ އެތައްބަޔަކު ކިޔާނެއެވެ. ހަމައެހެންމެ އަނެއްބަޔަކު ވެކްސިންގެ މޮޅުވާހަކައާއި ފައިދާގެ ވާހަކަ ދައްކާމެއެވެ. ކޮންމެއަކަސް މިކަން ހިނގާނީވެސް މި ބީދައިން ކަމުގައި ވެދާނެއެވެ. އެހެނީ ވެކްސިން އުފައްދާ ފަރާތްތަކުން ޕުރޮމޯޓުކޮށް ވިއްކަން ބޭނުންވާނީ އެބައެއްގެ އުފެއްދުންތާއެވެ. ރައްޔިތުންނަށް އޮތީ ފަރުވާ ހޯދުމަށް މަސައްކަތްކުރުމެވެ. ހުންއަންނާނޭ ކަމަށް ރަޖާލުން ބުއްދިވެރިތާއެވެ.
ދެންއޮތީ ސަރުކާރުތަކުން ގެންގުޅޭ އުޞޫލުތަކުގެ ވާހަކައެވެ. އެއްޤައުމުން އަނެއް ޤައުމަށް ދަތުރު ކުރެވެނީ ޓެސްޓުކުރެވިގެންނެވެ. ޕީ.ސީ.އާރު ޓެސްޓު ހަދަންޖެހެއެވެ. އެއީވެސް އެތައް ފައިސާއެކެވެ. ޤަބޫލުކުރަން ބޭނުންވަނީ މިހުރިހާ ފިޔަވަޅުތަކެއް އަޅަނީ ރައްކާތެރިވުމުގެ ގޮތުންކަމެވެ.
ދިވެހިރާއްޖޭގައި ސަރުކާރުން އިޢުލާނުކޮށްފައިވާ 2 ޑޯޒް ފުރިހަމަކޮށް ދަތުރުކުރުމުގެ ފުރުޞަތު މިހާރުވަނީ ބަންދުކުރެވިފައެވެ. އަވައްޓެރި އިންޑިއާގައި ފެތުރެމުންދާ ވައިރަހުގެ އައު ވޭރިއެންޓުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ރާއްޖޭގައި ބަލި ކޮންޓުރޯލުކުރުމުގެ ގޮތުންވެސް މިކަން ކޮށްފާނެއެވެ. ކޮންމެއަކަސް މާސްކު އެޅުމާއި ގައި ދުރުކުރުމުގެ އުޞޫލުތައް މިއީ ޑޮކްޓަރުން އެކަންކަން ކުރުމަށް ބާރުއަޅަމުން އައި ކަންކަން ކަމުވީނަމަވެސް، ބައެއް ވެރިންގެ ފަރާތުން އެކަމަށް އެއްބާރުލުން ނުލިބި ދިޔަތަންވެސް ރައްޔިތުމީހާ ދެކެފިއެވެ.
ކަންކަން މިބީދައިން ހުރިއިރު ވެކްސިންޖެހުމަށް ކިއުގައި ތިބޭހިނދު މިކަންކަންމަތިން ހަނދުމަކުރުން ކީއްތޯއެވެ. އަޅުގަނޑުމެން ޢާއްމު ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާއި ޒުވާބުކޮށް، ހަނޑިހުތުރު ބަސްތައް ބުނެހެދުމުގެ ބޭނުނެއް ނެތެވެ. އެހެނީ އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ މަތިވެރި ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކާއި ރޭތަކެވެ. އިރާދަކުރެއްވިއްޔާ ވެކްސިން ޖެހޭނޭ ގޮތް ފަހިވެގެންދާނެއެވެ.
މިމަތިވެރި މާތް މައްސަރުގެ ޤަދަރައްޓަކައި ވެރިންވެސް އަދުލަށް ކަންކުރާށެވެ. އިޢުލާނުކުރެވޭ ގޮތާއި ، އެއްގޮތަށް މަސައްކަތްކުރެވި މަޝްވަރާގެ މަތިން ކަންކަން ނިންމުމަށް އިސްކަންދެމާތޯއެވެ. އޭރަށް އުފެދޭ މައްސަލަތައް މަދުވާނެކަން ޔަޤީނެވެ.
ރައްޔިތުންވެސް މިފަދަ ހައްސާސްވަގުތެއްގައި ރީތި މުޢާމަލާތެއްކޮށް އެކުވެރިކަމާއެކު ކަންކަން ކުރުމަށް ވިސްނަމާތޯއެވެ. ބޭކާރު ކަންކަމަށް ވަގުތު ހޭދަނުކޮށް، ކިޔުގައި ހުންނަހިނދުގައިވެސް ޛިކުރެއްކޮށްލުން ނުވަތަ ޤުރްއާން ކިޔަވާލުންމިއީ ކުރެވޭނެ ކަންކަމެވެ. މި މަތިވެރި މައްސަރުގެ މަތިވެރި ރޭތަކާއި ދުވަސްތަކުގައި ހެޔޮ ޢަމަލަކަށްނޫނީ ނަފްސުން ޖާގަ ނުދެމާތޯއެވެ.
މާތް الله އަޅަމެން މިބަލީން ނެރެދެއްވައި އެންމެންނަކީ ދުޅަހެޔޮ ސިއްޙަތެއްގެވެރި ބައެއްކަމުގައި ލައްވާށިއެވެ. އާމީން