
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
އިސްލާމްދީން ދެކެފައިވާ، ބޮޑެތި އިމާމުން އަދި އިހުގެ ގިނަ ޢިލްމުވެރިންނާއި ޞާލިޙުންގެ ޙަޔާތުގެ ޞަފްޙާތައް ކިޔާލުމުން އެނގިގެންދަނީ، އެބޭކަލުން އުޅުއްވާފައިވަނީ ވަރަށް އާދައިގެ ދިރިއުޅުއްވުމެއްގައިކަމެވެ. ޢިއްޒަތާއި ތަނަވަސްކަން ލިބެންއޮތް ހިނދުވެސް، އެބޭކަލުން އިޚްތިޔާރުކުރައްވާފައިވަނީ ހިތްތިރި ދިރިއުޅުމެއްކަމެވެ. އެބޭކަލުން ދުވަސްތައް ހޭދަކުރެއްވީ ދީނަށް ޚިދުމަތްކުރެއްވުމުގައެވެ. ނަމޫނާ ޝަޚްސިއްޔަތެއްގެ ވެރިއަކަށް އެބޭކަލުންވީ، ނަސީބު ރަނގަޅުވުމަކުން ނޫނެވެ. ނަމަވެސް މާތް الله ދެއްވާފައިވާ ނިޢްމަތްތަކުގެ ބޭނުން ރަނގަޅަށްހިފައި ވަގުތު ރަނގަޅުގޮތުގައި ހޭދަކުރުމުންނެވެ.
މިއާއި ޚިލާފަށް، ތަނަވަސް، ދަރިންގިނަ، ގެދޮރާއި މިނޫންވެސް އިތުރު ނިޢްމަތްތައް ލިބިފައިވާ ބައެއް މީހުން، ގެއްލި ހަލާކުވެގެންދާ ސަބަބަކީ، މާތް الله ދެއްވި ނިޢްމަތްތަކަށް ޝުކުރުނުކުރުމެވެ. ދުނިޔަވީ ދަޅަތަކަށް ހެއްލިގެން ދިޔުމެވެ. ބައެއްމީހުންނަށް ބޮޑެތި ޔުނިވާސިޓީތަކުން މަތީފާސްތައް ލިބިފައިވީއިރުވެސް، ލިބިފައިވާ ހުނަރާއި ޢިލްމު ބޭނުންނުކުރެވި، މުޖްތަމަޢަށް އެއްވެސްކަމެއް ކޮށެއްނުދެވެއެވެ. ނަމަވެސް ޢިލްމާއި ހުނަރު އެންމެ މައްޗަށް ލިބިފައިނެތް މީހުން ނިޢްމަތްތަކުގެ ބޭނުން ހެޔޮގޮތުގައިހިފައި ބޮޑެތި ހަރުފަތްތައް ގިރާކުރާތަން ފެނެއެވެ.
ހަމަޖެހުމާއި އުފާވެރިކަން ޙާސިލުކުރަން ބޭނުންނަމަ ލިބިފައިވާ ނިޢްމަތްތަކަށް ރުހިގެންވާށެވެ. މާތް الله ތިބާ ސޫރަކުރެއްވިގޮތާއި، ޢާއިލާގެ ޙާލަތާއި، މުދަލާއި، ޢިލްމާއި މިނޫންވެސް ކަންކަމަށް ޝުކުރުވެރިވާށެވެ. މިބަޔާން ކޮށްލަނީ އިސްލާމީ ތާރީޚުން ފާހަގަކޮށްލެވޭ ބައެއް ޝަޚްސިއްޔަތުންގެ ޙާލަތެވެ.
ޢަތާ އިބްނު ރަބާޙްއަކީ އެކަލޭގެފާނު ދިރިއުޅުއްވި ޒަމާނުގެ ބޮޑު ޢިލްމުވެރިއެކެވެ. އެކަލޭގެފާނަކީ މިނިވަންކުރެވިފައިވާ އަޅެކެވެ. އަދި އެކަލޭގެފާނުގެ ހަށިގަނޑުގެ ބައެއް ވަނީ ވާގިނެތިފައެވެ.
އަޙްނަފް އިބްނު ޤައިސްއަކީ، ޢަރަބީންގެ ތެރޭގައި އެކަލޭގެފާނުގެ ކެތްތެރިކަމަށް މަޝްހޫރު ބޭކަލެކެވެ. މިމަޝްހޫރުކަން ލިބިލެއްވީ އެކަލޭގެފާނަކީ ހަށިގަނޑު އަނަރޫފަ ބޭކަލެއްކަމުގައި ވާޙާލުއެވެ. އަދި އެކަލޭގެފާނުގެ ފައި ހުރީ ގުދުކޮށެވެ.
އަލް-އަޢްމާޝްއަކީ އެކަލޭގެފާނުގެ ޒަމާނުގެ މަޝްހޫރު، އެއް ޙަދީޘް ޢިލްމުވެރިއެކެވެ. އެކަލޭގެފާނަކީ މިނިވަންކުރެވިފައިވާ އަޅެކެވެ. އަދި ލޮލުގެ ފެނުމުގެ ވަރުދެރަ ފަޤީރު ބޭކަލެކެވެ.
ކޮންމެ ރަސޫލުބޭކަލެއްވެސް އެއްދުވަސްވަރަކު ބަކަރި ހުއިހެއްޕެވިއެވެ. ދާވޫދުގެފާނު ކަނބުރުވެރިކަން ކުރެއްވިއެވެ. ޒަކަރިއްޔާގެފާނު ވަޑާންކުރެއްވިއެވެ. މިބޭކަލުންނަކީ ދުނިޔެދުށް އެންމެ މާތް ބޭކަލުންނެވެ.
ތިބާގެ ދަރަޖައާއި ޤަދަރު ބިނާވަނީ ތިބާގެ ޤާބިލިއްޔަތާއި، ޢަމަލުތަކަށާއި، އަޚްލާޤާއި މުޖުތަމަޢަށްކޮށްދޭ ޚިދުމަތުގެ މައްޗަށެވެ. ވީއިރު، ތިބާއަށްވުރެ މުދަލާއި، ނަސަބާއި، ދިރިއުޅުމުގެ ވައްޓަފާޅި މަތީ މީހެއްފެނި މާޔޫސްނުވާށެވެ. މާތް الله ރޯދިކުރެއްވި މިންވަރަށް ރުހިގެންވާށެވެ. ހިތާމަވެރި ކަންކަން ދިމާވާނަމަ ސުވަރުގޭގެ ނިޢްމަތްތައްމަތިން ހަނދާންކުރާށެވެ. ދިމާވާ ދަތިކަންކަމަކީ މިފަނާވަނިވި ދުނިޔޭގައި ދާދި މަދު ދުވަސްކޮޅަކު ކުރިމަތިވާ ކަންކަމެވެ.
ދާއިމީ ގޮވައްޗަކީ ސުވަރުގެކަމުގައި ދެކެވޭނަމަ، ކުރިމަތިވާ ދަތި ޙާލަތްތަކަކީ އަޅުގަނޑުމެންނަށް ތަސައްވަރު ނުކުރެވޭނެވަރުގެ ކުދި ކަންތަކެކެވެ. އެކަންތައްތަކަށް ކެތްތެރިވެ، ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާނަމަ މާތް اللهގެ ޙަޟްރަތުގައި ދަރަޖައުފުލިގެންދާނެ ކަންތަކެކެވެ.
މަސްދަރު: ޑރ. ޢާއިޟް އަލްޤަރްނީގެ ފޮތް ޑޯންޓް ބީ ސޭޑް