އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

2 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

2 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

2 years ago

ދ. ކުޑަހުވަދޫ އާންމު ހާލަތަށް ގެނެސްފި

2 months ago

ކުޑަހުވަދޫ އޮންލައިން

މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަހުވަދޫ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނައީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނީޓަރިންގެ ހާލަތު ރަށް އިތުރަށް ބާއްވަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.


އެގޮތުން މިއަދު ހަވީރު 3:34 އިން ފެށިގެން ކުޑަހުވަދޫގެ މޮނީޓަރިންގެ ހާލަތު އުވާލެވިފައިވާ ކަމަށާއި މޮނިޓަރިންގެ ހާލަތާ ގުޅިގެން ކުޑަހުވަދޫގައި އަޅާފައިވާ ފިޔަވަޅުތައްވެސް ނިމުމަކަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.


އިއްޔެ ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.


އެޗްޕީއޭއިން ބުނީ ކުޑަހުވަދޫއިން ޕޮޒިޓިވްވީ، ތިން އަހަރުގެ ބިދޭސީ ކުޑަ ކުއްޖަކާއި އެއް މަހުގެ ކުޑަ ކުއްޖަކާއި 24 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނަކު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު