އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

މިސްކިތްތަކުން ގޮވާލީ ގޭގައި ނަމާދުކުރުމަށް، ކުރެވެނީ ހިތްދަތި އަސަރުތަކެއް!

3 years ago

ކުޑަހުވަދޫ އޮންލައިން

ރާއްޖޭގައި ނުރައްކާތެރި ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރެމުންދާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީންވަނީ އަންގާފައެވެ. މިނިސްޓްރީގެ މި ނިންމުން ނިންމާފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާއާއިއެކުގައެވެ.


މިނިސްޓްރީގެ މި އެންގުމާއިއެކު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައިވެސް 19 ވީ އާދީއްތަ ދުވަހު މަޢްރިބް ނަމާދުން ފެށިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ނަމާދެއް ޖަމާޢަތުގައި ނުކުރާނެއެވެ. މިސްކިތްތަކުން ބަންގީގެ ފަހުގައި އެންމެންނަށް ގޮވާލަނީ ގޭގައި ނަމާދުކުރުމަށެވެ.


މަޢްރިބް ނަމާދުގެ ބަންގިއަށްފަހު މިސްކިތްތަކުން ގޭގައި ނަމާދުކުރުމަށް ގޮވާލުމާއިއެކު އެންމެންނަށްވެސް ކުރެވިގެންދިޔައީ ހިތްދަތި އަސަރުތަކެކެވެ.


މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މަނާކުރި ނަމަވެސް ހުރިހާ ބޭފުޅުންވެސް ގޭގައި ހުރިހާ ނަމާދެއް ވަގުތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީންވެސްވަނީ އިލްތިމާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު