އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

1 year ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

1 year ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

1 year ago

ކޮވިޑް-19: އަށް ޝައްކު ކުރެވިގެން ދ. ކުޑަހުވަދޫން ދިވެއްސަކު ޓެސްޓު ކުރަނީ

2 weeks ago

ކުޑަހުވަދޫ އޮންލައިން

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ދ. ކުޑަހުވަދޫން ދިވެއްސަކު ޓެސްޓު ކުރަމުންދާ ކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.


މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ދ. ކުޑަހުވާދޫން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ދިވެއްސެއްގެ ގައިން ސާމްޕަލް ނަގާ ކަމަށެވެ. އަދި އޭނާއަކީ އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކޮށްފައިވާ ފަރާތެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.


މި ބައްޔަށް ޝައްކު ކުރެވޭ އަލާމަތް ހުރި އަދި އިންޑީޢާއަށް ދަތުރުކުރި ދިވެހިން ވަނީ ފެނިފައެވެ. އެ ގޮތުން އިންޑީއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރި މީހަކު އއ. އުކުޅަހުން ފެނި އޭނާގެ ގައިންވެސް ވަނީ ސާމްޕަލް ނަގާފައެވެ. އަދި އިންޑިއާގެ ބެންގަލޫރަށް ދަތުރުކުރި ދިވެއްސެއްގެ ގައިން މި ބަޅީގެ އަލާމާތް ފެނި ވަނީ ސާމްޕަލް ނަގާފައެވެ. އޭނާ ހުރި މާލޭގައެވެ.


މިހާތަނަށް އައި އިރު ރާއްޖެއިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 ބިދޭސީން ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު