
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
6 years ago
އިންޓަ ސްކޫލް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ބަލިކޮށް އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ދ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފިއެވެ.
ހެންވޭރު ދަނޑުގައި ކުޅުނު އެ މެޗު ކުޑަހުވަދުއަށް ނިސްބަތްވާ ދ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބުކުރީ 4-2 ލަނޑުގެ ނަތީޖާއަކުން ސީއެޗްއެސްއީ ބަލިކޮށްގެންނެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޒައްޔާނެވެ. އެ ލަނޑު ޖެހިތާ މާގިނަ އިރުތަކެއްނުވެ ސީއެޗްއެސްއީއިން ވަނީ ނަތީޖާ ހަމަހަަމަކޮށްފައެވެ. އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައިހަމްއެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ދ. އަތޮޅު ތައުލީމީ މަރުކަޒަށް އަލުން ލީޑު ހޯދައިދިނީ މައިއްޒު ވަހީދެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ދ. އަތޮޅުގެ ޓީމު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ސީއެޗްއެސްއީއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޝްވާން އިސްމާއީލެވެ. ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމަށް މި ހާފުގައި ލީޑު ނަގައިދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މުހައްމަދު ޒަޔާންއެވެ. މެޗުގެ ބޮޑުބައި 3-2 ލަނޑުގެ ނަތީޖާއަކުން ދ. އަތޮޅު ތައުލީމީ މަރުކަޒު ކުރީގައި އޮތްއިރު އެޓީމަށް އިތުރަށް ލީޑު ފުޅާކޮށްދިނީ ހުސެއިން އިފްހާމެވެ.
އަންނަ ބުރާސްފަތި ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި ދ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށް ނުކުންނާނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މަސްދަރު:ސަން