އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2020/2019 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމަށް

4 years ago

ކުޑަހުވަދޫ އޮންލައިން

ފާފު އަދި ދާލު ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2020/2019 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމަށް އިއުލާންކޮންފި


ފާފު އަދި ދާލު އަތޮޅުގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2020/2019" ގައި ހަރަކާތްތެރިވުމަށް 24 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މި ސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރި، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތްކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.


އެނިއުމަރޭޓރުންގެ ގޮތުގައި ހޮވޭ މީހުންނަށް 5 ދުވަހުގެ ތަމުރީނެއް ދެވޭނެއެވެ. އަދި ތަމުރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމުރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ (އެއްސަތޭކަ) ރުފިޔާގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ (ތިންސަތޭކަ) ރުފިޔާގެ މަގުން އެލަވަންސެއް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފުތާއަކު 6 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.


މި ސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުފޯމު، މި ބިއުރޯ (މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ) ގެ ކައުންޓަރުންނާއި ވެބްސައިޓު http://statisticsmaldives.gov.mv/hies-application-form/ އިން ލިބެން ހުންނާނެއެވެ.


ވީމާ، މި މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަންފޯމު ފުރިހަމަކުރުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު 2019 ޑިސެންބަރ 26 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން ދ.އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ. 


ކިޔުންތެރިންގެ ހިޔާލު