އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫގައި ބައިނަލް އަގުވާމީ ފެންވަރުގެ ބެޑްމިންޓަން ހޯލެއް އެޅުމަށް އިއުލާންކޮށްފި

4 years ago

ކުޑަހުވަދޫ އޮންލައިން

ދ.ކުޑަހުވަދޫ ހިމެނޭހެން ހަ ރަށެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ އިންޑޯ ބެޑްމިންޓަން ހޯލް ގާއިމު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.


ދ.ކުޑަހުވަދޫގެ އިތުރުން ދެން އިތުރަށް އިއުލާންގައިވާ ފަސް ރަށަކީ، ލ. ގަން، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ އަދި ފުވައްމުލައް ސިޓީއެވެ.


މި ހަރަށުގައި އިންޑޯ ބެޑްމިންޓަން ހޯލް ގާއިމުކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކުރުމާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބެޑްމިންޓަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.


އެގޮތުން މި ރަށްތަކުގައި ވެސް އެޅިގެންދާނީ އައްޑޫ ސިޓީގައި ދާދިފަހުން ގާއިމް ކުރެވުނު ބައިނަލްއަގުވާމީ ފެންވަރުގެ ބެޑްމިންޓަން ހޯލާއި އެއްފެންވަރުގެ ބެޑްމިންޓަން ހޯލުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.


އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރެވުނު ބެޑްމިންޓަން ކޮމްޕްލެކްސްގައި މިއަހަރު ވަނީ 21 އަހަރުން ދަށުގެ ސައުތު އޭޝިއާ ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕް ބާއްވާފައެވެ.


އައްޑޫގައި އަލަށް ގާއިމުކުރި ބެޑްމިންޓަން ކޮމްޕްލެކްސްގެ މަޝްރޫއަކީ ހަ މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ ކޮމްޕްލެކްސްގައި ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު