އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫ ދޯންޏަކުން 10 ފޫޓު ހިބަރެއް ބާނައިފި!

4 years ago

ކުޑަހުވަދޫ އޮންލައިން

ކުޑަހުވަދޫ "ބަންކަރު ވޭވް" ދޯނީގެ ކެޔޮޅު "ހާރޫނު" ބުނީ އެ ހިބަރު ބާނާފައި ވަނީ ތ.ގުރައިދޫގެ 13 މޭލު ބޭރުން ކަމަށެވެ.

މި ހިބަރުގެ ބަރުދަނުގައި 216 ކިލޯ ހުރި އިރު، ދިގު މިނުގައި 10 ފޫޓު ހުރި ކަމަށްވެސް ހާރޫނު ބުނެއެވެ.

ހިބަރު ބޭނި ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސޮރު ގަނެގެން ދޯންޏާ ގާތް ކުރުމަށް ފަހު، އެސޮރު ބަލިކޮށް ދާވަނި ޖަހައިގެން ދޯންޏަށް އަރުވައެވެ. އެ ބޮޑު ބިޔަ ހިބަރު ދޯންޏަށް އެރުވުނީ ހައެއްކަ މީހުންނަށެވެ.

މި ހިބަރު ބޭނުމަށްފަހު ބާލާފައި ވަނީ ތ. ގުރައިދޫއަށެވެ. ހިބަރު އެރަށަށް ކިރުވީ ކަމެއް ނުވަތަ ފަޅުވެރިންގެ މެދުގައި ބަހާލީކަމެއް ވަނީ ޔަގީން ނުކުރެވިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ދިވެހި މަސްވެރިއަކު ވަނީ މާތް ﷲގެ އިސްމަފުޅު ލިޔެވިފައިވާ ކަޅުބިލަ މަހެއްވެސް ބާނާފައެވެ.

ކިޔުންތެރިންގެ ހިޔާލު