ސީއެޗްއެސްސީ އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރާ މެޗުން މިއަދު ހަވީރު

9 months ago

ކުޑަހުވަދޫ އޮންލައިން

އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގެ ފަހު މެޗް މިއަދު ހަވީރު 16:00ގައި ނިކުންނާނީ ސީއެޗްއެސްސީ އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު އެވެ.

މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގައި ވާދަކޮއްފައިވަނީ ފަސް ސުކޫލަކުންނެވެ. އެހެންކަމުން ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެވެ.

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާނީ މިއަދު ސީއެޗްއެސްސީ އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާއިރު އެ މެޗު އެއްވަރު ކޮއްލައިގެން ވެސް ދ. އަތޮޅު ތައުލީމީ މަރުކަޒަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. މުބާރާތުގެ ފައިނަލަށްގެ ފުރަތަމަ ޖާގަ ވާނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ދަތުރުކޮށްފި އެވެ.

ވިލާއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ހޮނިހިރު ދުވަހު ދ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށް ކުޅުނު އެޓީމުގެ އެންމެ ފަހު މެޗް އެއްވަރުވެ، ޖުމަލް 8 ޕޮއިންޓް ހޯދުމުންނެވެ.

މި މެޗް ސަން ޓީވިން ލައިން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު