ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ މައުލޫމާތު ދިނުމަށް އެކޯޕަރޭޝަންގެ ޓީމެއް ދ އަތޮޅުގައި.

4 months ago

ކުޑަހުވަދޫ އޮންލައިން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއިން ދެމުންގެންދާ ޚިދުމަތްކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި އެކޯޕަރޭޝަންގެ ވަފުދެއް ދ އަތޮޅުގައި ހަރަކާތްތަކެށް ހިންގައިފިއެވެ.

މިދަތުރަކީ ހައްޖު ކޯޕަރޭޝަންއިން ދެމުން ގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްދާ ދަތުރެއް ކަމަށެވެ.

މިދަތުރުގައި މިމަހުގެ 13 ވަނަ ދ އަތޮޅު ކުޑަހުވަދޫއަށާއި އެރަށުގައި ބެލެނިވެރިންނާއި މުދައްރިސުންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހައްޖު ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތަކާއި ތަޢާރަފް ކޮށްފައިވާ ޕެކޭޖްތަކާއި ގުޅޭ މައުލޫމާތު ދީފައިވެ އެވެ.

މިދަތުރުގައި އެއަތޮޅު މާއެނބޫދޫ، ހުޅުދެލީގައިވެސް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިއަދު މައުލޫމާތު ދިނުން ކުރިއަށްދާނީ ބަނޑިދޫގައި ކަމަށް ފާހަގަ ކުރެއްވިއެވެ.

މިދަތުރުގެ އެންމެފަހު މަންޒިލަކީ ދ މީދޫއެވެ. މިރަށުގައިވެސް މައުލޫމާތު ދިނުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕެއިންއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.

ހައްޖު ކޯޕަރޭޝަންއިން މީގެ ކުރިން ހއ އަދި ޅ އަތޮޅުގައިވެސް މިފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިފަހަރުގެ ތަރުހީބު ވަރަށް ރަނގަޅުކަމަށް އެފަރާތުން ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު