ފެމެލީ ވަން މާޓް ބްރޯސް ކަޕް 2017 ފުޓްބޯޅަ މުބާރާތުގެ ގުރުލުން ބާވައިފި

4 months ago

އާދަމް ޙަނީފް

ފެމެލީ ވަން މާޓް ބްރޯސް ކަޕް 2017 ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާވައިފި އެވެ. ގުރުއަތުލުން ބާވައިފައިވަނީ ފިމާ ގެސްޓް ހައުސް، ރޭ 22:00ގައި އެވެ.


ފެމެލީ ވަން މާޓް ބްރޯސް ކަޕް 2017 މުބާރާތުގައި ކުޅެނީ 8 ޓީމް އެވެ. މި ޓީމް ތަކަކީ އެފްސީ ގަލާޑާ، 

ޔަންގް ބްރަދާސް، ޕީކޭ އެފްސީ، އެފްސީ ބޮނަސިލްވާ، ވޮންޓެޑް އެފްސީ، ކިންގް އެފްސީ، އެފްސީ ފަހި، އަދި ޑްރީމްސް އެފްސީއެވެ.


ޖުމްލަ 8 ޓީމް ވާދަކުރާ މި ފޯރިގަދަ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 2 ވަނަ ދުވަހު ( ރަމަޟާން މަހުގެ 7 ވަނަ ދުވަސް) ގައެވެ.


ބްރޯސް ކަޕް އަކީ 2008 ވަނަ އަހަރުންފެށިގެން ކުޑަހުވަދޫގައި ކުޅެމުން އަންނަ ފޯރިގަދަ ފުޓްބޯޅަ މުބާރާތެކެވެ. 2017 ވަނަ އަހަރު މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ފެމެލީވަން މާޓް އަދި ސްޕޮންސަރ ކުރީ ރައުންޑް ވަން ބުކް ސޮޕް އެވެ. 

ކިޔުންތެރިންގެ ހިޔާލު