އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އިންވެސްޓިގޭޝަން އޮފިސަރސް ކޯހުގެ 29 ވަނަ ބުރު ދ. ކުޑަހުވަދޫގައި ފަށައިފި

6 years ago

އާދަމް ޙަނީފް

އިންޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ފެކަލްޓީ އޮފް ކްރައިމް އެންޑް ސޯޝިއަލް ސައިންސެސްގެ ފަރާތުން ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ އިންވެސްޓިގޭޝަން އޮފިސަރސް ކޯހުގެ 29 ވަނަ ބުރު ދ.ކުޑަހުވަދޫގައި ފަށައިފިއެވެ.


މެއި 14 ވަނަ ދުވަހުން ފެށިގެން 20 ހަފްތާގެ މުއްދަތަށް ކުރިއަށް އިންވެސްޓިގޭޝަން އޮފިސަރސް ކޯހުގައި 35 ފުލުހަކު ބައިވެރިވެފައިވެއެވެ


މި ކޯހުގައި ކްރައިމް އެންޑް ކްރިމިނަލް ޖަސްޓިސް ސިސްޓަމްއާއި ޕޮލިސް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ޕިމްސް) އާއި ލޯ އެންޑް ލެޖިސްލޭޝަން އާއި ކްރައިމް ސީން މެނޭޖްމަންޓް ކޭސް ސްޓަޑީސް އާއި އިންވެސްޓިގޭޝަން އެންޑް އިންޓަވިއުއިންގ އާއި ޓައިޕްސް އޮފް ކްރައިމްސް އާއި ރިސަރޗް ކޭސް ސްޓަޑީސް އެންޑް ޕްރެޒެންޓޭޝަންގެ އިތުރުން ޕިޒިކަލް ޓްރެއިންގް ފަދަ މޮޑިއުލްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މި ކޯހުގައި ޖިނާޢީ އަދުލުގެ ނިޘާމްގެ ތެރޭގައި މަސައްކަތްކުރައްވާ އިސްބޭފުޅުންގެ ލެކްޗަރތަކެއްވެސް ދިނުމަށް ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު