ސިފައިންގެ ބަޑި މުބާރާތުން ސްޓާފް ސާޖަންޓް އަހުމަދު ރަޝާދު އަން ވަނައެން

6 months ago

އާދަމް ޙަނީފް

މިމަހު ހަވަނަ ދުވަހު ގިރިފުށީ ޓްރޭނިން ސެންޓަރުގައި ފެށި މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑި ޖެހުންތެރިއަކަށް ހޮވިފައިވަނީ ޕްރެޒިޑެންޝަލް ގާޑްގެ ސްޓާފް ސާޖަންޓް އަހުމަދު ރަޝާދެވެ. ސްޓާފް ސާޖަންޓް އަހުމަދު ރަޝާދު އަކީ ދ.ކުޑަހުވަދޫ ނިޔަދުރުގަސްދޮށުގޭ ބޭފުޅުކެވެ.


ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މުބާރާތެކެވެ. އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ


ވަނަވަނައަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދެވެ.

.



ކިޔުންތެރިންގެ ހިޔާލު

ޝާކިރާ

މަރުހަބާ

6 months ago

ކުަޑަހުވަދޫ

ކޮލޯ އަކީ ކުރާ ކޮންމެ ކަމެއް ފަރުވާތެރިކަމާ، އިހުލާސްތެރިކަމާއެކު ކުރާ ވަރަށް ޕްރޮފެޝަނަލް މީހެއް. ބަޑިޖެހުމުގެ އިތުރުން ފުޓްބޯޅަ ކުޅުމާ ކްރިކެޓް ކުޅުމަށްވެސް މޮޅު ކޮލޯއަކީ ފިލޮޅު ބޭނުމަށް ވެސް ކުޅަދާނަ މަސްވެރިއެއްވެސްމެ. ސާބަހޭ ކޮލޯ ތިޔަ ހޯދި ވަނައަށް މުޅި ކުޑަހުވަދޫ ފަހުރުވެރިވަން މަރުހަބާ

6 months ago