ކުޑަހުވަދޫ ކޮންމެ ރައްޔިތަކަށް 500 ރުފުޔާ ބަހަނީ

6 months ago

އާދަމް ޙަނީފް

1438 ވަނަ އަހަރު ރަމްޟާން މަހުގެ އިނާޔަތެއް ކުޑަހުވަދޫގެ ރައްޔިތުންނަށް ދިނުމަށް ކައުންސިލުން 

ނިންމައިފި އެވެ.

ކައުންސިލުން ނިންމާފައި ވަނީ 1438 ވަނަ އަހަރު ކުޑަހުވަދޫ ރައްޔިތުންނަށް ރަމަޟާން އިނާޔަތެއްގެ ގޮތުގައި ކުޑަހުވަދޫގެ ކޮންމެ ރައްޔިތަކަށް -/500 (ފަސްސަތޭކަ ރުފިޔާ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދައާއެކު ކައުންސިލްގެ މާލިއްޔާއިން ދިނުމަށް ކަނޑައަޅައި މި ކައުންސިލުން ނިންމައިފީމެވެ.

މިގޮތަށް ނިންމާފައިވަނީ 2017 މޭ 09 ވަނަ ދުވަހުގައި ބޭއްވި 2017 ވަނަ އަހަރުގެ 08 ވަނަ ޖަލްސާ

ކައުންސިލްގެ 86 ވަނަ އާންމު ޖަލްސާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު

ނާފިޒް

ކައުންސިލް އިދާރާ ނަންބަރު ފޮނުވަބަލަ. އެބަޖެހޭ އެކައުންޓ ނަންބަރު ފޮނުވަން..

6 months ago

ހަށްލު

ކޮބާ އެޔާޕޯރޓްގަ މަސައްކަތްކުރާ ކުދިންގެ މިސާރަ... އަދިވެސް ނުލިބޭ... މިހާރު މަސް ނިމިގެންގޮސް 2 ވަނަ މަސް މެދަށްދިޔައީ... މިކަން ދަންނަ ކައުންސިލަރަކު އެބަ އުޅޭބާ... އަދިވެސް ބަލާ ރޯދަ އިނާޔަތް ދެވޭތޯ....

6 months ago

މުވަށްޒަފުންގެ ވިންދު

ކޮބާ އެޔާޕޯރޓްގަ މަސައްކަތްކުރާ ކުދިންގެ މިސާރަ... އަދިވެސް ނުލިބޭ... މިހާރު މަސް ނިމިގެންގޮސް 2 ވަނަ މަސް މެދަށްދިޔައީ... މިކަން ދަންނަ ކައުންސިލަރަކު އެބަ އުޅޭބާ... އަދިވެސް ބަލާ ރޯދަ އިނާޔަތް ދެވޭތޯ....

6 months ago

މަޖާޒީ

ރަށުގަ އަލަށް އެޔާރޕޯޓް ހުޅުވުމަށް މުއަށްޒަފުން ތަށްޔާރު ކުރަންށޭކިޔާފަ، އެތަނަށް ރަށުގެ ޒުވާނުން ގެންގޮސް ރެޔާ ދުވާލު މަސަށްކަތްކުރުވާފަ، އެވަރުން ނުވެގެން މަސް ނިމިގެންގޮސް 2 ވަނަ މަސް ފެށިގެން މެދާހަމަޔަށް ދާއިރުވެސް މުސާރަ ނުދޭ... ނަމަވެސް އެކަން ދަންނާނެ ކައުންސިލަރަކުނެތް... ދެން ކޮން ރޯދަ އިނާޔަތެކޭ ކިޔާކަށް...

6 months ago

ނުބުނާނެން

ގޯހެއްނޫން

6 months ago