އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ދ.މާނއެނބޫދޫ ރައްޔިތުންނަށް ކަސްރަތު ފޮރޮގްރާމެއް ދ.މާއެނބޫދޫގައި ފަށައިފި.

6 years ago

ކުޑަހުވަދޫ އޮންލައިން

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ދ.މާނއެނބޫދޫ ރައްޔިތުންނަށް “ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތު” މި ޝިޔާރުގެ ދަށުން ކަސްރަތު ފޮރޮގްރާމެއް ދ.މާއެނބޫދޫގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ދ.މާއެނބޫދޫ ކައުންސިލާއި ދ.މާއެނބޫދޫ އަންހެނުންގެ ކޮމިޓީ އާއި ގުޅިގެން މި އޭޕްރީލް 19 ވަނަ ދުވަހުފެށިގެން ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި 36 ފަރާތަކުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކަސްރަތުކުރަންވީ ރަނގަޅު ގޮތްތަކާއި ދުލަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންކަމާއި ފައިދާ ހުރިކާނާއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ދ.ކުޑަހުވަނދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ޕިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށްފައިވާ ޕޮލިސް ސްޓާރފް ސާރޖަންޓް އަޙްމަދު ރަޝީދެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދ.މާއެނބުދޫގެ ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ފުލުހުންނަށް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު